އެކްޓަރު އަފްތާބަށް އަންހެން ކުއްޖެއް ލިބިއްޖެ

އަފްތާބް އާއި އޭނާގެ އަންހެނުން--

ބޮލީވުޑްގެ އެކްޓަރު އަފްތާބް ޝިވްދާސަނީއަށް ކުއްޖަކު ލިބިއްޖެ އެވެ.

އަފްތާބް އާއި އޭނާގެ އަންހެނުން ނިން ސޫސަންޖް ހޮނިހިރު ދުވަހު އިންސްޓަގްރާމްކުރި ޕޯސްޓެއްގައި ބުނީ އާއިލާއަށް އިތުރު މެންބަރެއް އުފަންވެއްޖެ ކަމަށާއި މިހާރު އެއާއިލާގައި ތިން މެންބަރުން ހިމެނޭ ކަމަށެވެ. އަފްތާބަށާއި އޭނާގެ އަންހެނުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އެއާއެކު އޭނާގެ ފޭނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރު އަފްތާބް އާއި ނިން އެންގޭޖްވިއިރު އެދެމީހުން ކައިވެނިކުރީ 2014 ވަނަ އަހަރުގަ އެވެ. އެދެމީހުން ސިއްރިއްޔާތުގައި ކައިވެނިކުރި އިރު ކައިވެނި ހަފްލާގައި ބައިވެރިވީ ހަމައެކަނި އެދެމީހުންގެ އާއިލާ މެންބަރުންނެވެ.

ނަމަވެސް އޭގެ ފަހުން 2017 ވަނަ އަހަރު އަފްތާބް އާއި ނިން އަލުން ކައިވެނިކޮށް ވަނީ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އެ ހަފްލާ ބޭއްވީ ލަންކާގައެވެ.

އެކްޓަރު އަފްތާބްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "1920- އީވަލް ރިޓާންސް"، "މަސްތީ" އަދި "ކަސޫރު" ހިމެނެ އެވެ.

comment ކޮމެންޓް