ރިތިކްގެ "ސުޕަ 30" ނެދަލޭންޑްސްގައި އަޅުވަނީ

ސުޕަ 30 ގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސުޕަ30" ނެދަލޭންޑްސްގައި އަޅުވަން ނިންމައިފި އެވެ.

މި މަހު ހަ ވަނަ ދުވަހު މި ފިލްމު ނެދަލޭންޑްސްގެ ތިން ސަރަހައްދެއްގައި ވަނީ ސްކްރީންކުރަން ނިންމައިފަ އެވެ. ޑަޗް ބަހުން ސަބްޓައިޓަލްކޮށްގެން މި ފިލްމު ދައްކާ އިރު މި ފިލްމު ވަނީ މީގެ ކުރިން ޗައިނާގައި ވެސް އަޅުވައިފަ އެވެ.

ރިތިކްގެ އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ޕަޓްނާއަށް އުފަން ހިސާބު ޓީޗަރެއް ކަމަށްވާ އަނާންދު ކުމާރުގެ ދިރިއުޅުމާ ބެހޭ ގޮތުން އުފައްދާފައިވާ ފިލްމުގެ އަންހެން ލީޑަކީ ބެލުންތެރިންގެ މެދުގައި މަގްބޫލުވި ޑްރާމާ "ކުމް ކުމް ބަގްޔާ"ގައި ހަރަކާތްތެރިވި މުރްނާލް ތާކޫރު އެވެ.

ސުޕަ 30ގައި ރިތިކް ފެންނާނީ "މެތް ވިޒާޑް" އާނަންދް ކުމާރުގެ ރޯލުންނެވެ. މޮހިންޖަ ދާރޯގައި ވެސް ރިތިކް ވަނީ ޓީޗަރެއްގެ ރޯލު ކުޅެފަ އެވެ. އާނަންދް ކުމާރުގެ ބަޔޯ ޕިކް ސުޕަ 30 ޑައިރެކްޓް ކުރީ މުކޭޝް ޗާބްރާ އެވެ.

comment ކޮމެންޓް