ވެމްކޯއިން ދެންވެސް ކުނިނަގާނީ ގޭގެ ތިރީ ފަންގިފިލާއިން

މާލޭ ލޮކްޑައުން ކޮއްފައި ވާތީ މާލޭމަގުމައްޗަށް ކުނި ޖަމާކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއިން ފެށިގެންވެސް ކުނި ނަގާނީ ގޭގެ ތިރީ ފަންގި ފިލާއިން ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކޮވިޑް ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ގޭގޭގެ ތިރިން ކުނި ނަގާ ގޮތަށް ވެމްކޯއިން އުސޫލު ހަމަޖެއްސީ މިދިޔަ ޖޫންމަހުގެ މެދުތެރެއިންއެވެ. އަދި މިއަދު އެ އުސޫލުުގެ މުއްދަތު ވަނީ ހަަމަވެފައެވެ. ނަމަވެސް މާދަމާއިން ފެށިގެންވެސް ކުރިއެކޭ އެއްގޮތަށް ވަކި މުއްދަތެއް ނެތް ގޮތަށް އެ އުސޫލަށް ކުނި ނަގަން ހަމަޖައްސަައިފައިވާކަމަށް ވެމްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވިއެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނުގައި އެދިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12 އިން ދޭއް ޖަހަން ދެން ގޭގޭގެ ދޮރުމައްޗަށް ކުނި ނެރުމަށެެވެ.

" ނަމަވެސް އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ދުރާލާ ހަމަޖެހިފައިވާ ގޭބިސީއެއް ނަމަ އެ ދުވަހެއްގެ 18:00 ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ފަދަ އިންތިޒާމެއް ހަަމަޖައްސަވަން ވާނެއެވެ." ވެމްކޯގެ ބަޔާނުގައި ވެއެވެ.

އަދި ވެމްކޯގެ މުވައްޒަފުން ވަކި ވަކި ފަންގިފިލާއަށް ގޮސް ކުނި ނުނަގާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވެމްކޯއިން އިތުރަށް ބުނީ ހާލަތަށް ރިއާޔަށް ކޮށް ކަމާ ބެހޭ އިދާރާތަކުގެ ލަފަޔާއެކު އެ ކޯޕަރޭޝަނުން ހިދުމަތްތަކަށް އަންނަ ބަދަލު ހިއްސާކުރާނެ ކަމަށެވެ.

comment ކޮމެންޓް