ގުންޖަން ސަކްސޭނާގެ ޓްރެއިލާ: ޖާންވީއަށް ތައުރީފް

ފިލްމުގެ ޕޯސްޓަރެއް--

ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރުގެ ތިންވަނަ ވަނަ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އިއްޔެ މި ފިލްމުގެ ޓްރެއިލާ އާންމުކުރި އިރު ފިލްމުގައި ޖާންވީގެ ރޯލަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. އަދި ޖާންވީގެ އެކްޓިން ވަރުގަދަކަމަށްވެސް އަންނަނީ ބުނަމުންނެވެ. ޓްރެއިލާއިން ފެނިގެންދަނީ ޖާންވީ (ގުންޖަން) ކުޑައިރުން ފަށައިގެންވެސް ޕައިލަޓަކަށް ވުމުގެ ހުވަފެން ދެކި އެކަން ހާސިލް ކުރަން އޭނާ ކުރާ ބުރަ މަސައްކަތްތަކެވެ.

މި މަހު 12 ވަނަ ދުވަހު ނެޓްފްލިކްސްއިން މި ފިލްމު ސްޓްރީމްކުރާނެ އެވެ.

މި ފިލްމަކީ އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ބަޔޮޕިކް އެކެވެ.

ޝަރަން ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމު ހެދީ ހަތް މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ބަތަލާ ޖާންވީ ބޮލީވުޑަށް ނުކުތީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތުރާ އާއެކު "ދަޅަކް" އިންނެވެ. މި ފިލްމު ރިލީޒްވީ 2018 ވަނަ އަހަރު އެވެ.

އޭނާ ވަނީ ނެޓްފްލިކްސްގެ ފިލްމު "ގޯސްޓް ސްޓޯރީ" އިން ވެސް ފެނިގެން ގޮއްސަ އެވެ.

comment ކޮމެންޓް