ފެންބިލު ދައްކައިގެން 1000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ފެންބިލު ދައްކައިގެން 1000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިއުއެސްސީ އިން ފަށައިފިއެވެ.

"1ހާސް!1ހާސް!" ގެ ނަމުގައި އެމްޑަބްލިއުއެސްސީ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.

އޮގަސްޓު އެކަކުން ސެޕްޓެމްބަރު 30ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ހުރިހާ ފެންބިލަކަށް ފައިސާ ދައްކާ ނިންމާ ކޮންމެ ޑޮމްސްޓިކް ކަސްޓަމަރަކަށްވެސް "1ހާސް 1ހާސް!" ޕްރްމޯޝަންގައި ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން ވަކި މަސްތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަމުން ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

މީގެ އިތުރުން ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

"1ހާސް 1ހާސް!" ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕާއި އޮންލައިން ޕްލެޓްފޯމް
މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަގުދު ފައިސާއިންވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަނަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ
ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށްޓަށް އަމާޒުކޮށް ކުރިއައްގެންދާ ޕްރޮމޯޝަނެކެވެ.

comment ކޮމެންޓް