ދެވަނަ ކުއާޓަރުގައި އުރީދޫ އަށް 80 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މާޗް 3، 2020: އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ކުރުނބާ މޯލްޑިވްސްގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ސާފު ފައިދާގެ ގޮތުގައި 80.7 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެކުންފުނިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް މިއަހަރުދެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 409.6 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން ހުއްޓުމާ ގުޅިގެން ރޯމިން ހިދުމަތުން ލިބުނު އާމްދަނީ މަދުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީ އަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

މިދިޔަ ކުއާޓަރުގައި އެކުންފުންޏަށް ގްރޮސް ރެވެނިއުގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ފުރަތަމަަ ކުއާޓަރާ އާޅާބަލާއިރު 24.6 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.7 ޕަސެންޓުގެ ދަށްވުމެކެވެ.

ދެވަނަ ކުއާޓަރުގެ ތެރޭގައި އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސްގެ ފަރާތުން ދިިވެހި ސަރުކާރަށް ކޮވިޑް19 ރިލީފް އެހީގެ ގޮތުގައި 2.5 މިލިއަން ރުފިޔާގެ އެހީއެއް ވަނީ ދީފައެވެ.

އުރީދޫ އިން ބުނީ ކޮވިޑާއެކު އެކުންފުނީގެ މޫލީ، އެމްފައިސާ އަދި މައި އުރީދޫ އެޕް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

comment ކޮމެންޓް