20،000 ރުފިޔާގެ މެގަ ޕްރައިޒަކާއެކު އެމްއައިބީގެ ކޭޝްބެކް ޕްރޮމޯޝަން އޮގަސްޓުގެ ނިޔަލަށް

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިދިޔަ ޖޫން އަދި ޖުލައި މަހު ކުރިއަށް ގެންދިޔަ ކޭޝްބެކް ޕްރޮމޯޝަން މި މަހު ވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިމަހުގެ 31ގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ މެގަ ޕްރައިޒް ގެ ގޮތުގައި 20،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

އެމްއައިބީ އިން ބުނީ އެ ޕްރޮމޯޝަންގައި، 20،000 ރުފިޔާގެ މެގަ ޕްރައިޒް ލިބޭނީ ޖޫން، ޖުލައި އަދި އޮގަސްޓް މި ތިންމަހު ޕްރޮމޯޝަންއަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޖުމުލަކޮށް އެންމެ ބޮޑު ފައިސާގެ ޓްރާންސެކްޝަންސް ތިންމަހުގެ ތެރޭގައި ހަދާފައިވާ ފަރާތަކަށް ކަމަށެވެ.

މީގެ އިތުރުން އޮގަސްޓް މަހުގެ އެއްވަނަ ވެސް ހޮވާނީ ޝަރުތުހަމަވާ ޓްރާންސެކްޝަންތަކުގެ ފައިސާގެ އަދަދަށް ބަލައިގެން ކަމަށް އެ ބޭންކުން ބުންޏެވެ.

އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ، އަދި ޕްރޮމޯޝަންގެ އޮގަސްޓް ބުރުގައި ބައިވެރިވާ އިތުރު ހަތަރު ފަރާތަކަށް 2،500 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެއް ވަނަ އަށް ހޮވޭނީ އެންމެ ބޮޑު އަދަދެއްގެ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރެވެ.

އެމްއައިބީން ބުނީ ޖުލައި މަހު ކުރިއަށް ދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިން ވަރަށް އަވަހަށް ހޮވާނެ ކަމަށެވެ.

ކޭޝްބެކް އެ ޕްރޮމޯޝަން އިތުރު މަހަކަށް ކުރިއަށް ގެންދަން ނިންމީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ކަމަށް އެ ބޭންކުން ބުނެ އެވެ. މި މަހު ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަންގައި އާ ފިހާރަތަކާއި ރެސްޓޯރެންޓްތައް ހިމެނޭނެ ކަމަށްވެސް އެމްއައިބީ އިން ބުންޏެވެ.

އެ ޕްރޮމޯޝަންގެ ދަށުން ދެ ޕަސެންޓް ކޭޝްބެކްގެ އިތުރުން, ބައެއް ފިހާރަތަކުން އެމްއައިބީގެ ކަސްޓަމަރުންނަށް އެކިވަރުގެ ޑިސްކައުންޓުތައް ލިބޭނެއެވެ.

އިތުރު ޑިސްކައުންޓް ލިބޭނެ ފިހާރަތަކާއި، ރެސްޓޯރެންޓް ތަކުގެ މަޢުލޫމާތު، ބޭންކުގެ ފޭސްބުކް ޕޭޖް fb.com/MaldivesIslamicBank އަދި ވެބްސައިޓުން Mib.com.mv ލިބޭނެ އެވެ.

comment ކޮމެންޓް