ޝުބާސް ހިޖާމަ ވެބްސައިޓާއެކު ފަސޭހަތަކެއް

ޝުބާސް ހިޖާމާ ވެބްސައިޓު --

ޝުބާސް ހިޖާމަ އެންޑް ހާބަލް މެޑިސިން ކްލިނިކްގެ ހިދުމަތްތައް ފަހޭސައިން ދެނެގަނެ އިތުރު މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ވެބްސައިޓެއް ތައާރަފުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

އަލަށް ތައާރަފުކުރި ވެބްސައިޓް އަކީ ގިނަ ފަސޭހަތަކެއް ވެގެންދާނެ ވެބްސައިޓެކެވެ. އެގޮތުން ޝުބާސް ހިޖާމާގެ ވެބްސައިޓް ތައާރަފުކޮށްފައިވަނީ ޝުބާސް ހިޖާމާ ގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތަކުގެ މައުލޫމާތު އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމުގެ ނިޔަތުގައި ކަމަށް ބުނެފައިވެއެވެ.

އެ ވެބްސައިޓް މެދުވެރިކޮށް ޝުބާސް ހިޖާމާއަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އެޕޮއިންޓްމަންޓް ލިބުނުކަން ޔަގީންކޮށްލުމަށްޓަކައި ޝުބާސް ހިޖާމާގެ ފަރާތުން ހިދުމަތަށް އެދުނު ފަރާތްތަކަށް ގުޅާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެގޮތްވުމަކީ ހުރިހާ ފަރާތްތަކަށްވެސް އެކަމުގައި ލުއިފަސޭހަކަމަކަށް ވުމުގެ އިތުރުން ފޯނުންގުޅުއްވައިގެން އެޕޮއިންޓްމަންޓް ހެއްދުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމެއް ކަމުގައި ޝުބާސް ހިޖާމާއިން ވަނީ ބުނެފައެވެ.

ޝުބާސްގެ ހިދުމަތްތައް މިއަދުން ފެށިގެން ލިބޭނެއެވެ. އަދި އެކަމުގެ މައުލޫމާތު ވެބްސައިޓުން ލިބޭނެއެވެ. އެ ވެބްސައިޓުން ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި އިސްލާމީ ދުނިޔޭގެ ހަބަރުތައް ލިބުމާއި ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ މައުލޫމާތުގެ އިތުރުން ޝުބާސް ހިޖާމާގެ ހާއްސަ ބްލޮގެއް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް