ދިވެހި ޕައިލެޓަކު ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވެއްޖެ

ދިވެހި ޒުވާން ޕައިލެޓަކު ހާޓް އެޓޭކެއް ޖެހިގެން ރޭ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ، ވިލާ އެއާގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 35 އަހަރުގެ ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަސީރެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، އޭނާ ހޭނިތަފައި އޮއްވާ ފެނުނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރި ރޭ ދަންވަރު ކަމަށެވެ.

"ރޭ 12 ޖަހާ އެހާކަން ހާއިރު އަންހެނުންނަށް ގުޅާފައި ބުނި ގެއަށް މި އަންނަނީ. އަންހެނުން އޭނަ ނައިގެން ގުޅާ، ގުޅާ ފޯނަށް ޖަވާބެއް ނުދީގެން. ދެން 3 ޖަހާ އެހާކަން ހާއިރު، ގޭގެ ދޮރު ހުޅުވާ ބަލާލި އިރު ސިޑީ ކައިރިއަށް ވެއްޓިފައި އޮއްވާ ފެނުނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ހޮސްޕިޓަލުން ބުނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މަރުވީ،"

އޭނާ ބުނީ، ސަނާނޫން ކޮވިޑަށް ހެދި ޓެސްޓުންވެސް ނެގަޓިވްވެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ހުޅުމާލޭ ފްލެޓެއް ކައިރީ މީހަކު ހޭނެތިގެން ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު އެ އިދާރަށް ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ.

އޭނާގެ ހަށިގަނޑު ހޮސްޕިޓަލަަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް މިޑީއާ އޮފިޝަލް ވިދާޅުވި އެވެ.

"މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މި ދަނީ ބަލަމުން" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަނޫން ފްލައިމީގައި މަސައްކަތް ކުރަމުންދާތާ ހަތް ވަރަކަށް އަހަރު ވެއްޖެ އެވެ. ފްލައިމީގައި އޭނާއާއެކު މަސައްކަތް ކުރި މުވައްޒަފަކު ބުނީ، އޭނާއަކީ ވަރަށް ހިތްހެޔޮ އަހުލާގު ރަނގަޅު މީހެއް ކަމަށެވެ.

">

ސަނޫނުގެ މަރާއެކު އޭވިއޭޝަންގެ އާއިލާގެ ވަރަށް ގިނަ މީހުން ދަނީ، ޝޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ. އަދި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުންނެވެ.

މިވަގުތު ސަނޫނުގެ ހަށިގަނޑު އޮތީ އާސަހަރާގައެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މައްރިބު ނަމާދަށް ފަހު، އާސަހަރާ މިސްކިތުގަ އެވެ.

ސަނޫން މަރުވި އިރު، އަންބަކާ ހަ އަހަރުގެ ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ،

comment ކޮމެންޓް