މާފުށީ ކަރަންޓީނުގައި ހުރި އަންހެނަކާއި ކުއްޖެއް ޕޮޒިޓިވް ވެއްޖެ

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށީގައި ހޯމް ކަރަންޓީނުގައި ތިބި އަންހެނަކާއި ކުޑަކުއްޖެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލުގެ ނައިބު ރައީސް ނަޝީދާ އާދަމް ވިދާޅުވީ މާފުށީން ސާމްޕަލް ނަގާފައިވާ ދެ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭގައި އަންގާފައިވާ ކަމަށެވެ.

އެގޮތުން އަންހެނަކާއި ކުޑަކުއްޖެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވި އިރު އެ ދެ ފަރާތަކީ އެއްވެސް ގުޅުމެއް ނުވާ އަދި ދެ ގެއެއްގައި ތިބި ދެ ފަރާތް ކަމަށްވެސް ނަޝީދާ ވަނީ ވިދާޅުވެފައެވެ.

އެ އަންހެން މީހާ އާއި ކުޑަކުއްޖާ، މާލެއިން މާފުއްޓަށް ގޮސްފައިވަނީ މީގެ 15 ދުވަސް ކުރީން ކަމަށް މައުލޫމާތު ދެެއެވެ.

ރަށްރަށުގައި ހޯމް ކަރަންޓީން ވެވޭގޮތަށް އެޗްޕީއޭއިން އުސޫލު އެކުލަވާލުމާއެކު މާލެއިން އެކި ރަށްރަށަށް ދަނީ މީހުން ގޮސް އެ ރަށްރަށުގައި ކަރަންޓީން ވަމުންނެވެ. އެއާއެކު ބައެއް ރަށްތަކުން ދަނީ ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ.

އެގޮތުން އިއްޔެ ވ. ފުލިދޫ އިންނާއި ޅ. ހިންނަވަރުންވެސް ވަނީ ކޮވިޑް-19 ޕޮޒިޓިވް ކޭސްއެއް ފެނިފައެވެ.

comment ކޮމެންޓް