ޝަކުންތަލާ ދޭވީ މިހާރު އެމެޒޯންއިން ބެލޭނެ

ފިލްމުގައި ވިދްޔާ ފެނިގެންދާ ގޮތް--

ބޮލީވުޑްގެ ބަތަލާ ވިދްޔާ ބާލަންގެ ފިލްމު ޝަކުންތަލާ ދޭވީ އެމެޒޯން ޕްރައިމުން ސްޓްރީމްކުރަން ފަށައިފި އެވެ.

ފިލްމު އެމެޒޯން ޕްރައިމްގައި ރިލީޒްކުރިއިރު މި ފިލްމަކީ ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ބޮލީވުޑް ހަންގާމާއިން މި ފިލްމަށް ދިނީ ފަހަކުން 3.5 ގެ ރޭޓިންއެކެވެ. ހަންގާމާއިން ބުނީ މި ފިލްމަކީ ބަލަން ފޫހިނުވާފަދަ ފިލްމެއް ކަމަށާއި ވިދްޔާ ބާލަންގެ އެކްޓިން ވަރަށް މޮޅުކަމަށެވެ.

ޝަކުންތަލާއަށް "ހިޔުމަން ކޮމްޕިއުޓަރު"ގެ ނަން ދެވިފައި ވަނީ، ހިސާބު "ކަލްކިޔުލޭޝަން"ތައް ހެދުމުގައި އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު މޮޅު ހުނަރުތަކުގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ އެންމެ އަވަހަށް ހިސާބުގެ އަދަދުތައް "ހިތުން" އެއްކޮށް، ކަނޑައި، ގުނަކޮށް ގެއްލުމުގެ ހުނަރުލިބިފައިވާ އިންސާނާގެ ގޮތުގައި އޭނާ ވަނީ މަޝްހޫރުވެފަ އެވެ.

ވިދްޔާ އެންމެފަހުން ސްކްރީނުން ފެނިގެންދިޔައީ މިޝަން މަންގަލް އިންނެވެ. އެ ފިލްމަކީ އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމެވެ.

comment ކޮމެންޓް