ޓައިވާނުގެ ޑިމޮކްރަސީ ބާނީ އަަވަހާރަވެއްޖެ

ޓައިވާނުގެ ޑިމޮކްރަސީގެ ބާނީ ލީ ޓެންގް ހުއި--

ޓައިވާނުގެ ޑިމޮކްރަސީގެ ބާނީ ލީ ޓެންގް ހުއި އަވަހާރަވެއްޖެ އެވެ.

ޓައިވާނުގެ ރައީސްކަން 1988 ކުން 2000 އަށް ކުރެއްވި ލީ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަވަހާރަވިއިރު އުމުރުން 97 އަހަރެެވެ.

އެމަނިކުފާނު އަވަހާރަވީ ހަ މަސް ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ގުނަވަންތައް ފެއިލްވެ "ސެޕްޓިކް" ޝޮކެއް ޖެހިގެންނެވެ.

ލީގެ ޒައާމަތުގައި އެމަނިކުފާނު ވަނީ ހުދުމުޙުތާރުކަން ނައްތާލައި ޑިމްކޮރެސީގެ ވެއްޓެއް ގާއިމްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ.

ލީ ވަނީ ޓައިވާންގައި 1998 ވަނަ އަހަރު ބޭއްވި ފުރަތަމަ ސީދާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. އަދި 1996 ވަނަ އަހަރު އެމަނިކުފާނު ވަނީ ދެވަނަ ދައުރަކަށް ވެސް ހޮވިވަޑައިގެންފަ އެވެެ.

ލީ އަކީ ޗައިނާގެ ނުފޫޒުން ޓައިވާން ސަލާމަތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެެކެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނުގެ ވަކިވެގަތުމުގެ މަސައްކަތުގެ ބާނީއަކީ ވެސް ހުދު ލީއެވެެ.

ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާއިން އަބަދު ވެސް ދައުވާކުރެ އެވެ.

ޓައިވާނުގެ މިހާރުގެ ރައީސް ޓްސައި އިންގް ވެން ވެސް ގައުމު ހިންގަވަމުންދަނީ ލީ އެޅުއްވި ފިޔަވަޅުތަކުގެ ފަހަތުންނެވެ. އެގޮތުން ޗައިނާއާ ދުރު ސިޔާސަތެއް ގެންގުޅުއްވައި އެމެރިކާ ފަދަ ގައުމުތަކާ ޓައިވާނުން ގުޅުން ދަނީ ބަދަހި ކުރަމުންނެވެ.-- ބީބީސީ--

ގުޅޭ ޓެގު
comment ކޮމެންޓް