ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވޮ މުޒާހަރާއެއް ތެރެއިން: ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެކަން ހިނގާފައިވަނީ ހުވަދު އަތޮޅު ރަށެއްގައެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މިރޭ ބުނީ، އެ މައްސަލައިގައި 46 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެެއެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކޮށްގެން އެރަށުގައި މިއަދު ހަވީރު މުޒާހަރާވެސް ކުރިއެވެ.

https://sun.mv/140856

ހުވަދު އަތޮޅު ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވިއިރު، މިއަދު އައްޑޫ ސިޓީއިން ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އުމުރުން 48 އަހަރުގެ އެ އަންހެން މީހާ ރޭޕް ކުރި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

comment ކޮމެންޓް