ސަވަޔަލެންސް ޕެޓްރޯލަށް އިންޑިއާ ސިފައިންގެ ޑޯނިއާ ފްލައިޓް ރާއްޖޭގައި

ސަވަޔަލެންސް ޕެޓްރޯލްގައި ބައިވެރިވާ އިންޑިއާގެ ނޭވީ ފްލައިޓް

ސަވަޔަލެންސް ޕެޓްރޯލް އަށް އިންޑިއާ ސިފައިންގެ ޑޯނިއާ ފްލައިޓު ރާއްޖޭގައި ހަރަކާތްތެރިވާ ފަށައިފިއެވެ.

މިއީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ ސަވަޔަލެންސް ޕެޓްރޯލްއެކެވެ. މި ހަރަކާތައް އިންޑިއާ ފްލައިޓު ރާއްޖެ އައީ އިއްޔެ މެންދުރު ފަހު އެވެ.

އެމްއެންޑިއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިއީ އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އިންޑިއާ ނޭވީއާ ގުޅިގެން ހިންގާ ޖޮއިންޓް އޭރިއަލް ސަވަޔަލެންސްގެ 53 ވަނަ ޕެޓްރޯލް ކަމަށެވެ. މި ޕެޓްރޯލް ފެށުނީ މިއަދު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"މި ޖޮއިންޓް ސަވަޔަލެންސް އަކީ، 2009 އަހަރުން ފެށިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކުރަމުންދާ ޖޮއިންޓް ޕެޓްްރޯލް ހަރަކާތެއް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ހަރަކާތާ ގުޅޭ އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.

މި ހަރަކާތް ނިންމާލާނީ ކޮން އިރަކު ކަމެއް އަދި މި ހަރަކާތުގައި ބައިވެރިވާ ދެ ގައުމުގެ ސިފައިންގެ އަދަދު ވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި މި ހަރަކާތަށް ފަހު، އިންޑިއާ ފްލައިޓު އެނބުރު ގައުމަށް ދާނެ އެވެ.

comment ކޮމެންޓް