ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކުރި މައްސަލައެއް ބަލަނީ

މައްސަލަ ފެންމަތިވެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި --- ފޮޓޯ : ޑްރޯންސްގްރާމް

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވެފައިވާ އަންހެނެއް ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނެއް ރޭޕް ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ފަހަކަށް އައިސް ރޭޕް އަދި ޖިންސީ ގޯނާގެ މައްސަލަތައް އާންމުކޮށް އެފަދަ މައުލޫމާތު ރިޕޯޓުކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ޒުވާނުން ދަނީ މުޒާހަރާތައްވެސް ބާއްވަމުންނެވެ.

ރޭޕްގެ މައްސަލަތަކުގައި ކުށްވެރީން ދޫވާ މައްސަލައާ ގުޅިގެންވެސް ޒުވާނުން މުޒާހަރާ ކުރަމުންދާއިރު އެ މައްސަލައަކީ އެތައް ބައެއްގެ ފާޑުކިޔުން ރައްދުވަމުންދަ މައްސަލައެކެވެ.

comment ކޮމެންޓް