ދެވަނަ ކުއާޓަރު ވެސް އެސްޓީއޯ އަށް ކާމިޔާބު، ސާފު ފައިދާ 104 މިލިއަން

އެސްޓީއޯ އިން އެތެރެކުރި ފިޔާ ބިސް އަދި އަލުވި އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެސްޓީއޯ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯ އަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭ ހިމެނެނީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާ ގެ އާމްދަނީ އާއި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާގެެ އާމްދަނީ އެވެ.

އެސްޓީއޯ އިން ބުނީ ކޮވިޑް19ގެ ސަބަބުން ކުންފުނީގެ އާމްދަނީ އަދި ސާފު ފައިދާ އަށް އަސަރުކޮށްފައިވާ ކަމަށެވެ.

އެކުންފުންޏަށް ލިބޭ އާމްދަނީގެ 65 ޕަސެންޓަކީ ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ އާމްދަނީ އަށް ވާއިރު، ކޮވިޑްގެ ސަބަބުން އައިސްފައިވާ އިގްތިސާދީ ހީނަރުކަމާއެކު އެސްޓީއޯ އަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ލަސްތަކެއް އަތުވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް