ގޭގައި ތިއްބަސް، އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރަން ހަނދާން ނައްތާނުލާ!

މިއަދަކީ މުސްލިމުން ފާހަގަ ކުރާ އެންމެ ބޮޑު އީދު ކަމުގައިވާ އުފާވެރި އަޟްހާ އީދު ދުވަހެވެ. އެހެން އަހަރުތަކާއި ޚިލާފަށް މި އީދުގައި އަހަރެމެން ކުރިމަތިލާން ޖެހިފައިމިވަނީ ވަރަށް ހިތާމަވެރި ދުވަސްތަކަކާއެވެ. ކޮވިޑް19 ދުނިޔޭގެ ހަބިތަށް ފެތުރި މި ކުޑަ ދިވެހިރާޢްޖޭގެ ވެރިރަށް މާލޭގެ ހާލަތުވެސް މިވަނީ އިހުނަށްވުރެ ގޯސްވެ ނުރައްކާތެރި ކަމުގެ ރަނގަބީލުގެ އަޑު ގަދަވެފައެވެ.

އެހެންނަމަވެސް މުސްލިމުންގެ ހައިސިއްޔަތުން އަހަރެމެން ފާހަގަކުރާ މި މުނާސަބާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ގޭގައި ތިއްބަސް، ކަރަންޓީނުގައި ތިއްބަސް ނުވަތަ އައިސޮލޭޓްވިޔަސް، އީދުގެ ތަހުނިޔާ ފޮނުވާ މުބާރަކްބަޑީ އަރިސްކުރަންވާނެ އެވެ. އާއިލާއާއި ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ވަރުގަދަކުރަން މި ދަނޑިވަޅުގެ ބޭނުން ހިފަން ވާނެއެވެ.

އެހެންކަމުން ޝެއިޚް ފިކުރީ ވިދާޅުވަނީ މިއަދު އާއިލާއާއި ގާތްތިމާގެ އަދި ރަހުމަތްތެރީންނަށް ފޯނުން ގުޅާލާ ހާލު ބަލައި އަދި އީދުގެ ތަހުނިޔާ ފޮނުވަން ވާނެ ކަމަށެވެ. ނޫނީ އަބަދުމެހެން އަހަރުމެން ވަގުތު ހޭދަކުރަމުންމިދާ ސޯޝަލް މީޑިއާގެ ވަސީލަތްތަކުންވެސް އީދު މުބާރިކް ފޮނުވާ މި ދުވަހުގެ ހަގީގީ ބޭނުން ހޯދަން ވާނެކަމަށެވެ.

އަދި ހަމަ އެހެންމެ އީދުގެ މި މުނާސަބާގައިވެސް ތިމާގެ ހެޔޮ އަމަލުތައް ގަބޫލްކުރެއްވުން އެދި ދުއާކުރުމަކީ ކޮންމެހެންވެސް ކުރަންވާނެ ކަމެކެވެ.

އަދި އީދުގެ އެންމެހާ ސުންނަތްތަކާއި އަދަބުތަކުގެ މައްޗަށް އަލިއަޅުވާލާ ޝެއިޚް ފިކުރީވަނީ މިކަންކަމުގެ މަތީން ހަނދާންނައްތާނުލުމަށް ނަސޭހަތް ދެއްވާާފައެވެ.

comment ކޮމެންޓް