މިއަހަރު އެންމެ ގިނަ ފޯނު ވިއްކީ ވާވޭއިން

ވާވޭ އިން މިއަހަރު ނެރުނު ފްލެގްޝިޕް ސްމާޓްފޯނު ޕީ40 ޕްރޯ --- ފޮޓޯ : އެންގެޖެޓް

ތަފާތު ގިނަ ފިއްތުންތައް ކުރިމަތިވި ނަމަވެސް މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި އެންމެ ގިނަ ސްމާޓްފޯނު ވިއްކި ކުންފުންޏަށް ޗައިނާގެ ވާވޭ ކުންފުނި ވެއްޖެ އެވެ.

ސްމާޓްފޯނު މާކެޓުގައި މިވީހާތަނަށް އެންމެ ގިނަ ސްމާޓްފޯނު ވިއްކައި މާކެޓުގެ އެއްވަނައިގައި އޮތީ ސެމްސަންގް އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ޗައިނާގެ ކުންފުނި ވަނީ ފުރަތަމަ ފަހަރަށް އެއްވަނައަށް އަރާފަ އެވެ.

ވާވޭ އަށް އެއްވަނައަށް އެރުނު އިރު ފާއިތުވި އަހަރުން ފެށިގެން އެކުންފުންޏަށް ދަނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިވަމުންނެވެ. ގިނަ އުނދަގޫތަކަކީ އެމެރިކާގެ ފަރާތުން އަންނަ ދަތިތަކެވެ. އެކުންފުންޏަށް ކުރިމަތިވި އެންމެ ބޮޑު ދައްޗަކީ އެމެރިކާ ސަރުކާރުން އެކުންފުންޏާ ގޫގަލްއާ އޮތް ގުޅުން ކަނޑާލަން އެންގުމުން އެންޑްރޮއިޑް ސިސްޓަމް ހިމެނޭ ވާވޭއަށް ވަނީ ބައިނަލްއަގުވާމީ މާކެޓުގައި އެކުންފުނީގެ ފޯނުތައް ވިއްކުމަށް ދަތިތަކާ ކުރިމަތިވެފަ އެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ސެމްސަންގްގެ މާކެޓަށް ކުރި ގެއްލުމާއެކު ވާވޭ ވަނީ ސްމާޓްފޯނު މާކެޓުގެ އެއްވަނައަށް އަރާފަ އެވެ. އެގޮތުން މިހާތަނަށް އެކުންފުނިން ވަނީ 55.8 މިލިއަން ސްމާޓްފޯނު ވިއްކާފަ އެވެ. އަދި ސެމްސަންގް އިން ވިއްކާފައިވަނީ 53.7 މިލިއަން ފޯނެވެ.

އެނަލިސްޓުން ބުނާގޮތުގައި ވާވޭއަށް އެ ކުރިއެރުން ލިބިފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސެމްސަންގް އަށް ކުރި ގެއްލުމުގެ ސަބަބުންނެވެ. އަދި ސެމްސަންގް އަލުން އެއްވަނައަށް އަރާނެ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް