ރޭޕްގެ ތުހުމަތު ކުރުވޭ ޅިޔަނަށް ދައުވާކޮށްފި

ފ. ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިޢު

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ޅިޔަނު، ފ. ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިއުގެ މައްޗަށް މިއަދު ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް ދައުވާކޮށް މިއަދު މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

އޭނާއަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ ގެ 9 ވަނަ މާއްދާގެ ދަށުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ޝާފިއު ހައްޔަރު ކުރިއެވެ. މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޝާފިއުގެ ފަރާތުން އަނިޔާ ލިބުނު ކުއްޖާ މާބަނޑުވެ އިނެވެ. ނަމަވެސް، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ޑޮކްޓަރުންގެ ލަފާގެ މަތިން ބަނޑުގައި އޮތް ދަރިފުޅު އެބޯޓު ކުރީއެވެ.

comment ކޮމެންޓް