ސަންގެ "ކުރަހާލަމާގައި" ބައިވެރިވެގެން ޑޫޑުލްގެ އަގުހުރި އިނާމެއް

ކުރިއަށް މިއޮތް އަޟްހާ އީދަށް ސަން އިން މިވަނީ ހުރިހާ ކުޑަކުދިންނަށްް ވަރަށް އަގުހުރި ފުރުސަތެއް ހުޅުވާލާފަ އެވެ.

މިގޮތުން "އީދު" ސިފަވާހެން ކޮންމެވެސް ކަހަލަ ކުރެހުމެއް ކުރެހުމަށްފަހު ނުވަތަ ކުލަޖެއްސުމަށްފަހު ބެލެނިވެރިއެއްގެ އެހީއާއިއެކު ސޯޝަލް މީޑިއާގައި ޕޯސްޓްކުރަންވީ އެވެ.

ފަންސުުރު ކުލައިން، ފިބާއިން ނުވަތަ ވޯޓާ ކަލާސް ބޭނުންކޮށްގެންވެސް މި ކުރެހުން ތައްޔާރުކުރެވިދާނެ އެވެ. ތައްޔާރުކުރާ ކުރެހުން ވާންޖެހޭނީ އެކުއްޖެއްގެ އީދު ސިފަކޮށްދޭ އަދި އީދާއި ގުޅޭ ކުރެހުމަކަށެވެ.

"ކުރަހާލަމާ" ހާއްސަ ކުރެވިފައިވަނީ އުމުރުން 4 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. ކުރެހުންތައް ބަލައިގަންނާނީ އޯގަސްޓްމަހުގެ 1 ވަނަދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ކުރެހުންތަކުގައި "ސަން" ޓެގްކުރުމާއިއެކު، "ކުރަހާލަމާ" ހޭޝްޓެގް ބޭނުންކުރަންވާނެ އެވެ.

ބައިވެރިވާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ކުއްޖަކަށް ޑޫޑުލްގެ ފަރާތުން ވަރަށް އަގުހުރި ގިފްޓް ހެމްޕާއެއް ލިބޭނެ އެވެ.

comment ކޮމެންޓް