މީޑިއާ ކައުންސިލްގެ އިދާރީ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޖޫން 8، 2020: އާރްއާރްޓީ ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިިވްސް މީޑިއާ ކައުންސިލްގެ އިދާރީ މުވައްޒަފެއް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވީ ފިރިހެން މުވައްޒެފެކެވެ. އަދި އެ މުވައްޒަފު ޕޮޒިޓިވްވިތާ ދުވަސްކޮޅެއް ވެފައިވާކަން ވަނީ އެނގިފައެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މުވައްޒަފު ބައްޔަށް ޕޮޒިޓިވްވީ އޮފީސް މާހައުލަކުން ނޫނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 3506 އަށް އަރައިފައެވެ. ކޮރޯނާވައިރަހާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކުރި ފުރަބަންދަށް ލުއި ދިނުމާ ގުޅިގެން، ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މީގެ ތެރޭގައި އޮފީސްތަކުގެ މުވައްޒަފުން ވެސް ހިމެނެއެވެ.

އިއްޔެ އެކަނި ވެސް ރާއްޖެއިން 137 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ.

comment ކޮމެންޓް