ރެލިގޭޓްވީ ގޯލް ލައިން ޓެކްނޮލޮޖީގެ ސަބަބުން: ބޯންމައުތު

އިނގިރޭސި ޕްރިމިއާ ލީގުން މިފަަހަރު ރެލިގޭޓްވި ބޯންމައުތް ކުޅުނު މެޗެއްގެ ތެރެއިން ---

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި ގޯލް ލައިން ޓެކްނޮލޮޖީ މައްސަލަ ޖެހިފައި ހުރުމުގެ ބަހަނާ ދައްކާ ބޯންމައުތުން ކޯޓަށް މައްސަލަ ލުމަށް މަޝްވަރާ ކޮށްފި އެވެ.

އެސްޓަންވިލާއާއި ޝެފީލްޑް ބައްދަލު ކުރި މެޗު 0-0 ގެ ނަތީޖާއަކުން ނިމުނު އިރު ޝެފީލްޑުން މެޗުގެ ތެރޭގައި އުފެއްދި ހަމަލާއެއް ވަނީ އެސްޓަން ވިލާގެ ގޯލުގެ ރޮނގުން އެތެރެ ވެފަ އެވެ. ސްޓޭޑިއަމުގައި ހުރި ކެމެރާތަކުންވެސް އެކަން ދައްކާފައިވާ އިރު ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

އެ މެޗުގެ ނަތީޖާގެ ސަބަބުން އެސްޓަން ވިލާ ރެލިގޭޝަނުން ސަލާމަތްވި އިރު އެ ޓީމުގެ ފަހަތުގައި އެއް ޕޮއިންޓް މަދުން ލިބިގެން ބޯންމައުތް ވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓްވެފަ އެވެ. ބޯންމައުތުން ބުނީ އެސްޓަންވިލާ މެޗުގައި ގޯލްލައިން ޓެކްނޮލޮޖީ މަސައްކަތް ނުކުރުމަކީ އެ ޓީމު ރެލިގޭޝަނަށް ދާން ޖެހުނު ސަބަބެއް ކަމަށެވެ.

އެކަމާ ގުޅިގެން ޕްރިމިއާ ލީގާ ދެކޮޅަށް މައްސަލަ ހުށައެޅުމަށް ބޯންމައުތުން މިހާރު ވަނީ އެކުލަބުގެ ބޯޑް މީޓިންގްތައް ބާއްވަން ފަށައިފަ އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ބޭއްވި ވޯލްޑް ކަޕުން ރަސްމީކޮށް ތައާރަފު ކުރި ގޯލް ލައިން ޓެކްނޮލޮޖީއަކީ އެ މުބާރާތަަށް ފަހު ބޮޑެތި ހުރިހާ މެޗުތަކެއްގައި ބޭނުންކުރާ ޓެކްނޮލޮޖީ އެކެވެ. އޭގެ ސަބަބުން ބޯޅަ ދަނޑުން ބޭރުވުމާއި، ގޯލުގެ ރޮނގުން އެތެރެވުން ފަދަ ކަންކަން ދަނަޑުގައި ހަރަކާތްތެރިވާ ރެފްރީއަށް ސިގްނަލް ލިބޭނެ އެވެ.

comment ކޮމެންޓް