އާސަންދަ އަށް ކުރި ހޭދަ 599 މިލިއަން ރުފިޔާއަށް

އާސަންދަ އޮފީސް --- ފޮޓޯ/ ރާއްޖެ އެމްވީ

އާސަންދަ އަށް ކުރި ހަރަދު 599.8 މިލިއަނަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ދައުލަތުގެެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް އާސަންދަ އަށް 599.8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު މިދިޔައަހަރުގެ މި މުއްދާއި ހަމައަށް އާސަންދަ އަށް ހަރަދުކޮށްފައިވަނީ 560.2 މިލިއަން ރުފިޔާއެވެ.

އާސަންދައަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 950.8 މިލިއަން ރުފިޔާއެވެ.

އާސަންދަ އަކީ ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ނިޒާމެވެ. ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާ އިންވެސް އާސަންދައިގެ ހިދުމަތް ދިވެހިންނަށް ލިބެއެވެ.

ދައުލަތުން އެންމެ ބޮޑު ހަރަދެއް ކުރާ އެއް ދާއިރާ އަކީ އާސަންދައެވެ.

މިއަހަރަށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، މިހާތަނަށް 13.7 ބިލިއަން ރުފިޔާ ވަނީ ބަޖެޓުން ހަރަދުކޮށްފައެވެ.

comment ކޮމެންޓް