ހައްޖުވާ މީހުން މައްކާއަށް ޖަމާވާން ފަށައިފި

މިދިޔަ އާދިއްތަ ދުވަހު ބަޔަކު ގެފުޅުކައިރީގައި

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ މީހުން މައްކާއަށް ޖަމާވާން ފަށައިފި އެވެ.

އެހެން ހައްޖު މޫސުންތަކާ ހިލާފަށް ކޮރޯނާއާ ގުޅިގެން މިއަހަރު ހައްޖުވާނީ ވަރަށް މަދުބައެެކެވެ. މީގެ ކުރިން ކޮންމެ ހައްޖު މޫސުމަކުވެސް 2.5 މިލިއަން ހައްޖާޖީން ހައްޖުވެ އެވެ.

ސައުދީގެ ހައްޖު މިނިސްޓްރީން ބުނީ މިއަހަރު 1000 އާއި 10،000 މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ ކަމަށެވެ. އޭގެ ތެރެއިން ތިން ބައިކުޅަ ދެބައި މީހުންނަކީ ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނެެވެ. އަދި ބާކީ ހައްޖުވާނީ ސައުދީގެ ރައްޔިތުންނެވެ.

ސައުދީ އަރަބިއްޔާއަކީ މުޅި މެދުއިރުމަތީގައިވެސް އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރިފައިވާ އެއް ގައުމެެވެ. އެގޮތުން އެގައުމުން 269،000 ކޭސް ފެނުނުއިރު ބަލީގައި 2760 މީހަކު ވަނީ މަރުވެފަ އެެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މީހުންގެ ތެރޭގައި މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ފަތީން ދާއޫދު ހިމެނެ އެވެ. އޭނާއަކީ ސައުދީގައި އަރަބި ބަސް ކިޔަވަމުންދާ ދަރިވަރެކެވެ. ހައްޖުވުމުގެ ހުއްދަ ދިނުމުގެ ކުރިން ސައުދީގެ ހައޖު އޮފިޝަލުން އޭނާގެ ގެއަށް އައިސް ކޮރޯނާއަށް ޓެސްޓްކޮށް އެތައް ދުވަހެއް ވަންދެން ކަރަންޓީނު ކުރަން އެންގި އެވެެ. އެއަށް ފަހު އޭނާ މައްކާގެ ހޮޓަލަކަށް ގެންދިޔަ އެެވެ.

ފަތީން ބުނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެކަމަކަށް އެއްގޮތަކަށްވެސް ހީނުކުރާ ކަމަށެެވެ.

"ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދު އަޅުގަނޑުގެ އިތުބާރު އެބައޮތް. ދެން އަޅުގަނޑުމެން އެބަޖެހޭ އިރުޝާދުތަކަށް ރަނގަޅަށް ބޯލަނބާ އެކަކު އަނެކަކަށް ހައްޖުގައި އެހީތެރިވާން،" ފަތީން ބުންޏެވެ.

comment ކޮމެންޓް