ރަންވީރުގެ ގަލީ ބޯއީ ބުސާން ފެސްޓިވަލަށް

ފިލްމުގެ މަންޒަރެއް---

މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ގަލީ ބޯއީ" ބުސާން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ކުރި ޓްވީޓެއްގައި ބުނީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ ބުސަން ފެސްޓިވަލުގައި މި ފިލްމު ބައިވެރިކުރަން ނިންމާފައިވާ ކަމަށާއި މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަކުން 16 އަށް ދެކުނު ކޮރެއާގައި ކަމަށެވެ. އާލިއާ ބަޓް އަދި ރަންވީރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ދައްކާ ކެޓަގަރީ އަކީ ރިކްއެސްޓް ސިނަމާ ސްކްރީނުން ކެޓަގަރީ އެވެ.

މި ފިލްމަށް ވަނީ ސްޓާސްކްރީން އެވޯޑުގައި 11 އެވޯޑު ލިބިފައެވެ. އެ ފިލްމަށް އެވޯޑު ލިބިފައި ވަނީ ބެސްޓް ފިލްމު ޕޮޕިއުލާ، ބެސްޓް އެކްޓަރު ޕޮޕިއުލާ (ރަންވީރު ސިންގް)، ބެސްޓް އެކްޓްރެސް ޕޮޕިއުލާ (އާލިއާ ބަޓް)، ބެސްޓް ޑައިރެކްޓަރު ޕޮޕިއުލާ (ޒޯޔާ އަޚްތަރު)، މޯސްޓް ޕްރޮމިޒިން އެކްޓަރު (ސިދާންތު ޗަތުރަވެދީ)، ބެސްޓް މިއުޒިކް (ފިލްމު ކަބީރު ސިންގްއާ ހިއްސާކުރާ ގޮތަށް)، އެންމެ މޮޅު ޅެން (އަޕްނާ ޓައިމް އާއެގާ)، ބެސްޓް ޑައިލޮގް، ބެސްޓް ސިނަމޮޓޯގްރަފީ، ބެސްޓް ކޮސްޓިއުމް އަދި ބެސްޓް ޕްރޮޑަކްޝަން ހައުސްގެ އެވޯޑް ލިބިފަ އެވެ.

ގަލީ ބޯއީ ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމް އަށް ނިސްބަތްވާ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

comment ކޮމެންޓް