އަލުން އޮޕަރޭޝަންތައް ފަށާއިރު ހުއްދަ ނެގުމަށް އެންބީއެމްއޭއިން އެދިއްޖެ

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި-- ފޮޓޯ:

ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށް އަލުން އޮޕަރޭޝަންތައް ފަށާއިރު ޓުއަރިޒަމް މިނިސްޓްރީއިން ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިލްތިމާސްކޮށްފި އެވެ.

އެންބީއޭއެމް އިން ބުނެފައިވަނީ ފަތުރުވެރިން ރާއްޖެ ގެނެސް އަރުވާ އުޅަނދުތައް ކަމަށްވާ ސަފާރީތައް ފަދަ އުޅަނދުތައް އަލުން އޮޕަރޭޓް ކުރަން ފަށާއިރު މިނިސްޓްރީއިން ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.

އެގޮތުން ހުއްދަ ނަގާއިރު ބޭނުންވާ ލިޔެކިޔުންތަކަކީ ޑިކްލެރޭޝަން ފޯމް އާއި އޮޕަރޭޓިން ލައިސެންސް އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ހެލްތު އެންޑް ސޭފްޓީ ޕްލޭން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެންބީއޭއެމް އިން އިތުރަށް ބުނެފައިވަނީ މީރާގެ ޓެކްސް ކްލިއަރެންސް ހަދާއިރު އެކަމަށް ވަގުތު ހޭދަވާނެ ކަމަށެވެ. އަދި އިތުރުން ޕެންޑިން ޕޭމެންޓްތަކެއް ހުރި ނަމަ އެއަށް ހޭދަވާ ވަގުތު އިތުރު ވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ބޯޓުތަކުގެ އޯނަރުންނަށް މިނިސްޓްރީގެ ހުއްދަ ލިބުމުގެ ކުރީން އެއްވެސް ފަތުރުވެރިޔަކު ގެނެސްގެން ނުވާނެ ކަމަށް އެންބީއޭއެމް އިން ބުނެފައިވެއެވެ.

comment ކޮމެންޓް