މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާނެ

ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ އަޟްހާ އީދުގެ ނަމާދު ބޮޑު ޖަމާއަތުގައި ސްޓޭޑިއަމްގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.

މި ފަހުން މާލޭގައ އީދު ނަމާދުތައް ކުރަމުން ގެންގޮސްފައިވަނީ ޓާފް ދަނޑުގައި ބޮޑު ޖަމާއަތުގައެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ އަޟްހާ އީދު ނަމާދު ކުރުން ބޮޑު ޖަމާއަތުގައި ނުކުރި ނަމަވެސް އީދު ނަމާދު ކުރިއަށްދާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ. މިނިސްޓްރީއިން ބުނެފައިވަނީ މިއަހަރުގެ އަޟްހާ އީދު ނަމާދު މާލޭގައި ކުރާނީ އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތްތަކުގައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދާ ގުޅިގެން މާލޭ ސިޓީގައި ތިން މަހަށްވުރެ ގިނަ ދުވަހު ޖަމާއަތުގައި ނަމާދުކުރުން އޮތީ ހުއްޓާލާފައެވެ. އަދި އެއަށްފަހު އަލުން މިސްކިތްތައް ހުޅުވާލައި އަލުން ނަމާދުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ނަމަވެސް މިދިޔަ މަހުގައި ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލި ނަމަވެސް ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް