ރާއްޖޭގެ ސަރަހައްދަށް ބޭރު މަސްބޯޓެއް ވަދެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓެއް އުޅޭކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ކ. ދިއްފުށްޓާ ދިމާ ބޭރުން، ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓު ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކާއި "ކިންގްރިޝާ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން މަސްވެރިކަން ކުރާ ބޭރުގެ މަސްބޯޓުތައް އެމްއެންޑީއެފުން ހިފަހައްޓައެވެ.

comment ކޮމެންޓް