ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީ ގާއިމްކޮށްފި

ސޯޝަލް ސެންޓަރުގައި ގާއިމު ކުރި އައިސް ބާތު ފެސިލިޓީ --- ފޮޓޯ//ޔޫތް މިނިސްޓްރީ

މާފަންނު އިޖުތިމާއީ މަރުކަޒުގައި ހަދަމުން އައު ކުޅިވަރުތަކުން ރިކަވަރީއަށް ބޭނުން ކުރާނެ އައިސް ބާތު ފެސިލިޓީގެ މަސައްކަތް ނިންމާލައިފި އެވެ.

ކުޅިވަރުގެ އެކި ހަރަކާތްތައް މިހާރު ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މާލޭގެ ޔޫތު ސެންޓަރުގައި އިންޑޯ ކުޅިވަރުތަކާ ބެހޭ އޮފީހެއް ވެސް ސަރުކާރުން ބިނާ ކޮށްފައިވާ އިރު، އެ ތަނުގައި ކުޅިވަރުތަކުން ރިކަވާ ކުރުމަށް ބޭނުން ކުރާނެ އައިސް ބާތް ފެސިލިޓީއެއް ހެދުމަށް ނިންމާފައިވާކަން ފުރަތަމައިން އިއުލާން ކުރީ ކުރިން އެކްޓިންސް ސްޕޯޓްސް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

އޭރު އަލީ ވަހީދު ވިދާޅުވީ، ސޯޝަލް ސެންޓަރު ހޫނުވުމުގެ މައްސަލައަކީ ވަރަށް ގިނަ އާންމު ރައްޔިތުން ކުރަމުން އަންނަ ދުވަސްވީ ޝަކުވާއެއް ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް ޓަކައި މިހާރު އެތާގައި ހުރި ސިސްޓަމް މެއިންޓެއިން ކުރެވޭތޯ ބަލައި ނުވެއްޖެ ނަމަ އާ ސިސްޓަމެއް ހަރުކޮށްގެން ވެސް އެކަން ކުރަން ނިންމާފައިވާ ކަމަށެވެ.

އެ މަރުކަޒުގައި އަލަށް ހެދި އައިސް ބާތު ފެސިލިޓީގެ މަސައްކަތް ނިމިފައިވާކަން އިއުލާންކުރައްވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ގިނަ އެތުލީޓުންގެ ދިގު އިންތިޒާރެއް ކަމަށާއި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

އަދި މިއީ އެތުލީޓުންގެ ރިކަވަރީއަށް ނެގުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް މިނިސްޓަރ މަހުލޫފް ވަނީ ފާހަގަކުރައްވާފައެވެ.

އައިސް ބާތަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަމްރީންތަކަށް ފަހު ހަށިގަނޑުގެ ރިކަވަރީއަށް އެތުލީޓުން ކުރާ ކަމެކެވެ.

comment ކޮމެންޓް