ކިޑްނެޕްކޮށްގެން ގެންގުޅުނު މެކްސިކޯގެ 23 ކުއްޖަކު ސަލާމަތްކޮށްފި

ކިޑްނެޕްކުރި ކުދިންތަކެއްގެ ފޮޓޯއެއް--

ކިޑްނެޕްކޮށްގެން ގެންގުޅުނު މެކްސިކޯގެ 23 ކުއްޖަކު ސަލާމަތްކޮށްފި އެވެ.

ކިޑްނެޕްކޮށްގެން އެ ކުދިންނަށް މަޖުބޫރުކޮށްގެން އަތްތެރިކަމުގެ ތަކެތި ވިއްކުވައިފަ އެވެ.

އެ ކުދިން ލައްވައި އެތަކެތި ވިއްކުވައިފައި ވަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބިރުދައްކައިގެންނެެވެ.

މެކްސިކޯގެ އެޓާނީ ޖެނެރަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭގެ ތެރެއިން ތިން ކުދިން ސަލާމަތްކުރީ އެގައުމުގެ ދެކުނުގައި އޮންނަ ޗިއާޕާސް ސްޓޭޓްގެ ގެއަކުން ކަމަށެވެ. އެ ސްޓޭޓަކީ މެކްސިކޯގެ އެންމެ އުތުރުގައި އޮންނަ ސްޓޭޓް ވެސްމެެ އެވެ. އެ ސްޓޭޓް އިންވެގެން ސެންޓްރަލް އެމެރިކާގެ އެހެން ގައުމެއް ކަމަށްވާ ގުއާޓަމާލާ ވެސްއޮވެ އެވެ.

އެ މައްސަލާގައި ތިން އަންހެނެއްގެ މައްޗަށް ވަނީ ހައްޔަރުކޮށް ހިއުމަން ޓްރެފިކިންގެ ދައުވާކުރުމަށް ނިންމައިފަ އެވެ.

ކިޑްނެޕްކުރި ކުދިންގެ ތެރޭގައި ތިން އަހަރާއި 15 އަހަރުގެ ކދުިން ހިމެނޭ ކަމަށެވެ.

އެ ކުދިން ސަލާމަތްކުރުމަށް އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ ޖޫން މަހު، އީސައު ގޮމޭޓް ޕެރޭޒް ކިޔާ ތުއްތު ކުއްޖެއް ގެއްލުނު ހާދިސާއާ ގުޅިގެންނެވެ. ނަމަވެސް ސަލާމަތް ކުރި ކުދިންގެ ތެރޭގައި އެ ކުއްޖާ ހިމެނޭކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް