31 އަހަރުގެ ހިދުމަތަށް ފަހު ޑެޕިއުޓީ ގަވަރުނަރު ރިޓަޔާ ކުރައްވައިފި

އާއިޝަތު ޒާހިރާ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އޭނާ ރިޓަޔާ ކުރެއްވީ އެ މަގާމުގެ ދެ ދައުަރު އަދި އެމްއެމްއޭއަށް 31 އަހަރު ހިދުމަތް ކޮށްދެއްވުމަށް ފަހު--

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 31 އަހަރު ހިދުމަތް ކޮށްދެއްވުމަށް ފަހު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

މަގާމުން ރިޓަޔާ ކުރެއްވިއިރު ޒާހިރާ ވަނީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އެ މަގާމުގެ ދައުރެއްގެ މުއްދަތަކީ ހަ އަހަރެވެ.

ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމުން އެމްއެމްއޭއިން ވަނީ އޭނާ ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ޝުކުރު އަދާކޮށްފަ އެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން އައްޔަން ކުރައްވާ މަގާމެކެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި 12 އަހަރު އަދި އެމްއެމްއޭއަށް 31 އަހަރު ހިދުމަތް ކޮށްދެއްވުމަށް ފަހު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވި އިރު، އެމްއެމްއޭ ފާހަގަކޮށްލެވެނީ ޒިންމާދާރު އިސް މަގާމްތަކުގައި އަންހެނުންގެ ހިއްސާ ބޮޑު މުއައްސަސާއެއްގެ ގޮތުގަ އެވެ.

އެގޮތުން އެމްއެމްއޭގެ 12 ޑިވިޝަންގެ ތެރެއިން ހަތް ޑިވިޝަނެއްގެ އިސް ވެރިންނަށް 2018 ވަނަ އަހަރާ ހަމައަށް ތިއްބެވީ އަންހެން ބޭފުޅުންނެވެ.

comment ކޮމެންޓް