އޮރިޔާން ކާޑް ގެންގުޅެގެން ރަޝިޔާގެ ތާރީހީ އިލްމުވެރިއެއް ޖަލަށް

ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި ރަޝިޔާގެ ހިސްޓޯރިއަން ޔުރީ ޑިމީޓްރެވް--

އެޑަޕްޓްކުރި އަންހެން ދަރިފުޅުގެ ފޮޓޯތަކެއް ގެންގުޅެގެން ރަޝިޔާގެ ހިސްޓޯރިއަން ނުވަތަ ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ޔޫރީ ޑިމީޓްރިވް ތިން އަހަރާ ބަޔަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ޔޫރީ ފާހަގަވެފައިވަނީ އެގައުމުގައި ކުރިން ވެރިކަން ކުރެއްވި ލީޑަރު ޖޯސެފް ސްޓާލިންގެ އަނިޔާވެރިކަމާ ގުޅޭ ތާރީހު ދިރާސާ ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

ޔޫރީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކާ ދެކޮޅު ހައްދަވައިފަ އެވެ. އަދި މިއީ އޭނާގެ ދިރާސާތަކާއި ލިޔުއްވުންތަކުގެ އެއްވެސް ބުރަދަނެއް ނެތްކަމެއް ކަން ދައްކައިދިނުމުގެ ގޮތުން އިއްވި ހުކުމެއް ކަމަށްވެސް އޭނާ ވަނީ ސިފަކޮށްފަ އެވެ.

ޔޫރީ ވަނީ ސްޓާލިންގެ 1930 ގެ ދުވަސްވަރު ގަތުލް އާންމުތައް ހިންގި ތަނެއް މީޑިއާއަށް ތިލަކޮށްދެއްވައިފަ އެވެ.

ރަޝިއާގެ ރައީސް ވަލަޑިމިއާ ޕުުޓިންއަކީ ސްޓާލިންގެ އަނިޔާވެރިކަން ފޮރުވުމަށް މަސައްކަތް ކުރާ ބޭފުޅެއް ކަމަށް ބައެއް މުރާސިލުން ތުހުމަތުކުރެ އެވެ.

ޔޫރީ ހައްޔަރުކުރީ 2016 ވަނަ އަހަރު އެވެ. އަދި އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާކުރީ މާ ފަހުންނެވެ. އެ ދައުވާތައް އައީ އޭނާގެ ކޮމްޕިއުޓަރުގައި ހުރި "އެޑެޕްޓެޑް" ދަރިފުޅުގެ އޮރިޔާން ފޮޓޯތަކެއް ފެނިގެންނެވެ.

ތިން އަހަރުގެ ޖަލުގެ ހުކުމެއް އަޔަސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކޮށްފައިވާތީ ޔޫރީ މިއަހަރު ފަހުކޮޅޮ މިނިވަންވާނެ އެވެ. --ބީބީސީ--

ގުޅޭ ޓެގު
comment ކޮމެންޓް