ކޮވިޑްގެ ހާލަތާ ގުޅޭ ފަހުގެ މައުލޫމާތު ކެބިނެޓާ ހިއްސާކޮށްފި

މާރިޗް 10، 2020: ކެބިނެޓް މީޓިންގް - ފޮޓޯ / މަޖިލިސް

ކޮވިޑް19 އާ ގުޅޭ ފަހުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ ހިއްސާކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ހިއްސާ ކޮށްފައިވާ ކަމަށެވެ.

މިގޮތުން ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި، ރޯގާގެ ހާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަން ޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް 2،999 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި 15 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 2369 އަށް އަރާއިރު މިހާރު މި ބައްޔަށް ފަރުވާ ދެމުންދަނީ 600 މީހަކަށެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް މިމަހުގެ އެކަކުން ފެށިގެން ވަނީ ލުއި ދީފައެވެ. އޮފީސްތަކާއި ސްކޫލުތައް ހުޅުވާލާ ކެފޭ ރެސްޓޯރެންޓުތައް އަދި މިސްކިތްތައް ވެސް ވަނީ ހުޅުވާލައިފަ އެވެ.

މި މަހުގެ 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ބައިނަލް އަގުވާމީ ވައިގެ ދަތުރުފަތުރު ވެސް ވަނީ ފަށައިފަ އެވެ.

ފުރަބަންދަށް ލުއިދީ، އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލިފަހުން ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ. މީގެ ތެރޭގައި އެއްވެސް ލްލަސްޓާ އަކާއި ގުޅުން ނެތް އިންޑިޕެންޑެންޓް ކޭސްތައް ގިނަކަން ޑޮކްޓަރުން ފާހަގަ ކުރައްވަ އެވެ.

comment ކޮމެންޓް