ފުވައްމުލަކު އެތެރޭ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ފެށުން -- ފޮޓޯ: އެމްޓީސީސީ

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއު ފަށައިފި އެވެ.

މި މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ސާމާނު އެ ރަށަށް ގެންގޮސް މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގެ 31 މަގުގައި، 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ.

ފުވައްމުލަކު ސިޓީ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން، 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމާއި، ޕޭވްމެންޓް ހެދުމާއި، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 279.4 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ދެ އަހަރުންނެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި ހަތަރެއްގަ އެވެ.

comment ކޮމެންޓް