ދަރަނބޫދޫ ބަނދަރުު ބޮޑުކުރުމުގެ މަސައްކަތުގެ 33 ޕަސެންޓު ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ އެމްޓީސީސީ

ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިން ވަރަށް ފަޅުފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށީ ހުސްވި މެއި މަހުގެ 27 ވަނަ ދުވަހު އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 46،600 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް ފަޅުފުންކުރުމާއި، 410 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 196 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓު ގާއިމްކޮށް ބައްތި ހަރުކުރާނެ ކަމަށެވެ.

މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 397 ދުވަސް ތެރޭގަ އެވެ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑިންގެ މަސައްކަތަށް 38.2 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

comment ކޮމެންޓް