ތިން މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ތިން މީހުންނާ އެކު ބ. އަތޮޅުން ފުރައިގެން ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އަރާފައި ވަނީ "ނޫމަސް" ކިޔާ ދޯންޏެއް ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 05:46 ހާއިރު ކަމަށެވެ.

އެ ދޯނި ފަރަށް އަރާފައި ވަނީ ތިލަފުށި އުތުރު ނެރުކައިރިއަށެވެ. މިހާރު އެ ސަރަހައްދުގައި އެމްއެއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަން އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނީގައި ތިބީ ދެ ދިވެހީންނާއި ބިދޭސީއެއް ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް އަދި ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން ދޯނި ފަހަރު ބަންޑުން ޖަހާލައި މީހުން ކަނޑުވުމުގެ ހާދިސާތައް ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް