ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާއިމާރާތުގެ ވޯޑު މަސައްކަތް ފަށައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ވޯޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ވޯޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީ އިންނެވެ.

އެމްޓީސީސީ އިން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ ފުރަތަމް ޝީޓު އެޅުމުގެ މަސައްކަތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.

މި މަޝްރޫޢުއާ އެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލް އިމާރާތް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

comment ކޮމެންޓް