ޓްރީޓޮޕުން ކުރި ފުރަތަމަ ކެޓަރެކްޓް އޮޕަރޭޝަން ކާމިޔާބު

ކެޓަރެކްޓް ސާޖަރީ ކުރިއަށްގެންދިޔަ ޓީމް -- ފޮޓޯ: ޓްރީ ޓޮޕް

ޓްރީޓޮޕް ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓުމެންޓުން ކުރި ފުރަތަމަ ކެޓަރެކްޓް އޮޕްރޭޝަން ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިމަހުގެ 14 ވަނަ ދުވަހު 66 އަހަރުގެ މީހެެއްގެ މި ސާޖަރީ ކުރުމުގައި އެ ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓުމެންޓުގެ ޑޮކްޓަރު ޑރ. އަދިތިޔާ ރޭ ގެ އިތުރުން ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ބައިވެރިވި ކަމަށެވެ.

ކެޓަރެކްޓް ސާޖަރީ އަކީ އާންމުކޮށް އުމުރުން ދުވަސް ވުމުން ނުވަތަ ގްލޮކޮމާ ބަލީގެ ސަބަބުން ލޮލަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ލޯ ފުސްވެ، ލޮލުގެ ފެނުމަށް ބަދަލު އާދެއެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުން ކެޓަރެކްޓް ސާޖަރީ ހެދި ފުރަތަމަ ޕޭޝަންޓް ހޮސްޕިޓަލަށް ގޮސްފައިވަނީ ލޮލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން މީގެ ދެ މަސް ކުރިން ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު ބަލި މީހާގެ ލޮލުގެ ފެނުމަށް ކުރިއެރުން އަންނާނެ ކަމަށް އޮޕަރޭޝަން ކުރެއްވި ޑރ. އަދިތްޔާ އާއި ހަވާލާދީ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕުން ބުނީ ކޮމްޕްލިކޭޓެޑް ކެޓަރެކްޓް ސާޖަރީގެ އިތުރުން ޓަރިޖީއަމް ސާޖަރީ އާއި ފަކައިމޮލްސިފިކޭޝަން، ކަލޭޒިއަން ސާޖަރީ އަދި ހަކުރު ބަލީގެ ސަބަބުން ލޮލަށް ދިމާވާ ގެއްލުންތަކަށް ގްލޮކޮމާގެ ބަލިތަކަށް ޑރ. އަދިތްޔާ ރޭ ފަރުވާ ދެއްވާ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ޑޮކްޓަރުންނަކީ ތަޖުރިބާކާރު، އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ޑިޕާޓުމެންޓުން ކުޑަކުދިންނަށާއި ބޮޑެތި މީހުންގެ ލޮލުގެ ބަލިތަކަށް ފަރުވާ ދެއެވެ.

comment ކޮމެންޓް