ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ބަންޑުންޖަހާލައިފި

ތިން މީހުންނާއެކު، މާލެއިން ފުރައިގެން ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

ބަންޑުން ޖަހާލާފައި ވަނީ "ސެކިއޯ ބޭގް"ގެ މުދާ އުފުލާ ދޯންްޏެކެވެ. އެމްއެންޑީއެފް އިން ބުނީ ދޯނި ބަންޑުން ޖަހާލީ ކަނޑު ގަދަވެގެން ދޯނި އެއް ފަރާތަށް އަރިއަޅާލައިގެން ކަމަށެވެ.

ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ތިބި ތިން މީހުން ވަނީ "ވިލާ ހަކަތަ" ދޯންޏަށް ނަގައިފައެވެ.

ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ ހަވީރު 17:10 ހާއިރު ކަމަށާއި، މިހާރު އެ ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވަނީ ޔެލޯ އެލާޓު ނެރެފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް