ފެހެންދޫ ބަނދަރު މަސައްކަތުގެ 43 ޕަސެންޓް ނިމިއްޖެ

ފެހެންދޫ ބަނދަރު މަޝްރޫއު ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

ބ. ފެހެންދޫ ބަނދަރު މަސައްކަތުގެ 43 ޕަސެންޓް ނިމިއްޖެ އެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ މަޝްރޫއުގެ ތެރޭގައި ހިމެނޭ ނެރު ފުންކުރުމުގެ 76 ޕަސެންޓް މަސައްކަތް ނިންމައި ހާބާ ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަ ބޭސިން ފުންކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 49.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މަޝްރޫއަގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރ 2019ގަ އެވެ.

comment ކޮމެންޓް