ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޒޯޔާ ފެކްޓާ" ފްލޮޕްވީ ސުޝާންތު ސިންހް ރާޖްޕުތްގެ "ޗިޗޯރޭ"ގެ ސަބަބުންކަމަށް ޒޯޔާ ފެކްޓާގެ ޑައިރެކްޓަރު އަބީޝޭކް ވަރްމާ ބުނެފި އެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަބީޝޭކް ބުނީ ޒޯޔާ ފެކްޓާ ތިއޭޓާތަކަށް އައިއިރު ސުޝާންތުގެ ޗިޗޯރޭ އާއި އަޔޫޝްމަން ކުރާނާގެ ޑްރީމް ގާލް އޮތް ކަމަށެވެ. އަދި އެ ދެ ފިލްމުގެ ސަބަބުން ޒޯޔާ ފެކްޓާއަށް ރަނގަޅު އާމްދަނީއެއް ލިބިފައި ނުވާ ކަމަށެވެ.
"އެވަގުތު ސިނަމާތަކުގައި އަޅުވާފައި އޮތީ ޗިޗޯރޭ އާއި ޑްރީމް ގާލް. އެ ދެ ފިލްމު ބަލަން އެންމެން ވެސް ދިޔައީ. ދެ ފިލްމަކީ ވެސް މޮޅު ދެ ފިލްމު. ހާއްސަކޮށް ޗިޗޯރޭ. ބެލުންތެރިންވެސް އެކަން ސާބިތުކޮށްދިން،" އޭނާ ބުނީ ޒޯޔާ ފެކްޓާ ބަލަން މީހުން ސިނަމާތަކަށް ނުގޮސް ޗިޗޯރޭ އާއި ޑްރީމް ގާލް ބަލަން ދިޔުމުން ފިލްމުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވިކަމަށެވެ.
ސުޝާންތު އާއި ޝްރައްދާ ލީޑު ރޯލުން ފެނިގެންދާ ފިލްމު ޗިޗޯރޭ އާއި އަޔޫޝްމަން ކުރާނާގެ ޑްރީމް ގާލް އަށް ވޯލްޑްވައިޑްކޮށް 200 ކުރޯޑަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު އިރު ސޯނަމްފެ ޒޯޔާ ފެކްޓާއަށް ލިބުނީ އެންމެ ހަތް ކުރޯޑުގެ އާމްދަނީ އެވެ.