ށ. ފުނަދޫ އަދި ބ. އޭދަފުށީގެ ކޮވިޑް ސެންޓަރު ހުޅުވައިފި

ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ސެންޓަރު --- ފޮޓޯ: އޭދަފުށި ޓައިމްސް

ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ދެ ރަށުގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ރަސްމީކޮށް މިރޭ ހުޅުއްވައިދެއްވީ އެކަމަށްޓަކައި އޮންލައިންކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ށ، ފުނުދު އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި 20 އައިސީޔޫ ބެޑާއެކު 37 އައިސޮލޭޝަން ބެޑް ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އަދި ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. މޫސާ ހުސައިން ވިދާޅުވީ، ހާލު ސީރިއަސްވާ ހިސާބުން ކޮވިޑްގެ ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ފަސް ސަރަހައްދުގައި އެފަދަ ފެސިލިޓީތަކެއް ގާއިމް ކުރުމަކީ ލިބޭނެ ބޮޑު ކުރި އެރުމެއް ކަމަށެވެ.

ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ސެންޓަރު --- ފޮޓޯ: އޭދަފުށި ޓައިމްސް

"ސަރުކާރުން ގާއިމްކޮށްފައިވާ މި ފެސިލިޓީތަކަށް އަޅުގަނޑުމެންގެ ޑޮކްޓަރުން އެތަނަށް ޒިޔާރަތްކޮށް އަޅުގަނޑުމެންގެ ކްލިނިކަލް އެޑްވައިޒް އެބޭފުޅުންނަށް ދީ އަދި އެބޭފުޅުންނާ އެކު ވަރަށް ގާތުން މަސައްކަތްކޮށް ކަންތައް ބަލަމުން މިދަނީ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ނޫނީ ދެ ހަފްތާއިން އެއް ހަފްތާ، އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ވާހަކަ ދައްކައި އެ ބޭފުޅުންގެ ހުރި އުނދަގޫތައް ދެނެގަނެ ކަމާ ގުޅޭ އިދާރާތަކާއި ހިއްސާ ކުރާނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ށ. ފުނަދު އާއި ބ. އޭދަފުށީގެ އިތުރުން ލ. ގަމާއި ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ގައި ވެސް ކޮވިޑް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފެށޭ ހަފްތާގައި ލ. ގަން އަދި ގއ. ވިލިނގިލީ އަދި އައްޑޫ ސިޓީ ހިތަދޫގެ ފެސިލީޓޫތައް ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް