އެމްއޭސީއެލް އިން އެއާލައިންތަކަށާއި ޓޫރިސްޓު ކައުންޓަރުތަކަށް ޑިސްކައުންޓް

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ އެއާލައިން އޮފީސްތަކާއި އެއާލައިން އިންޖިނިއަރިން އޮފީސް، ސްޓޯރޭޖް ސްޕޭސް އަދި ޓެލެކޮމް އައުޓްލެޓުތައް ހިންގާ ތަންތަނުގެ ކުލިން ޑިސްކައުންޓު ދޭން އެމްއޭސީއެލް އިން ނިންމައިފަ އެވެ.

އެމްއޭސީއެލް އިން ބުނީ ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނީގެ ހައިސިއްޔަތުން ކުންފުނީގެ ކަސްޓަމަރުންނަށް މި ދަނޑިވަޅގުގައި ކުޔެއް ދޭން ނިންމާފައިވާ ކަމަށެވެ. ކުންފުނީގެ ކާމިޔާބީގެ އެއް އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކަމަށްވާ އެއާލައިންތައް ކަމަށާއި ކޮވިޑް19 އާއެކު އެއާލަންތަކަށްވެސް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކޮވިޑާއެކު އެއާޕޯޓުގެ ކޮމާޝަން ހިދުމަތަތް އޮތީ ހުއްޓިފައި ކަމަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިއާއެކު އެމްއޭސީއެލް އިން ނިންމާފައިވަނީ އެޢާޕޯޓު ގައި އޮޕަޜޭތުކުރާ އެއާލައިން އޮފީސްތކާއި ޓޫރިސްޓުންނަށް ހިދުމަތްދޭ ކައުންޓަރުތައް އަދި ޕެވިލިއަން ތަކުގެ ކުލިން ލުޔެއް ދިނުމަށެވެ.

އެއާލައިން އޮފީސް، އެއާލައިން އިންޖިނިއަރިން އޮފީސް އަދި ސްޓޯރޭޖު ސްޕޭސް އާއި އެހެނިހެން އޮފީސް ޖާގަ އަދި ޓެލެކޮމް އައުޓް ލެޓުތަކަށް މި އަހަރުގެ މާޗުން ފެށިގެން ޖުލައި 15 ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް އަދި 15 ޖުލައި އިން 15 އޮކްޓޯބަތަށް 25 ޕަސެންޓް ޑިސްކައުންޓް ދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތަކުގެ ކުލިން މާޗު އެކަކުން 15 ޖުލައި އާއި ހަމައަށް 50 ޕަސެންޓް ޑިސްކައުންޓް ރިސޯޓު ޕެވިލިއަންސް ތަކުގެ ކުލިން 16 ޖުލައި އިން އޮކްޓޯބަރު 15 އަށް 25 ޕަސެންޓް ޑިސްކައުންޓް ދޭން ވަނީީ ނިންމައިފައެވެ.

އެމްއޭސީއެލް އިން ބުނީ މިހާތަނަށް ދައްކާފައިވާ ކުލިތަކުގެ ތެރެއިން ޑިސްކައުންޓަށްވާ ބައި މައާފު ކުރުމަށް ކްރެޑިޓް ނޯޓެއް ދޫކުރާނެ ކަމަށެވެ.

އެމްއޭސީއެލް އިން ވަނީ ވީއައިއޭ އަށް އޮޕަރޭޓުކުރާ އެއާލައިންތަކުގެ ގްރައުންޑް ހޭންޑްލިން، ނޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓް ދޭންވެސް ނިންމައިފައެވެ.

ރާއްޖޭގެ މައި ގޭޓު 110 ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އިއްޔެ ވަނީ ހުޅުވައިފައެވެ. ވީއައިއޭ އަށް ޝެޑިއުލްޑް ފްލަިއޓެއްގެ ގޮތުގައި އިއްޔެ އެންމެ ފުރަތަމަ ޖެއްސީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ.

comment ކޮމެންޓް