ދަރަނބޫދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ފ. ދަރަނބޫދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެ ރަށު "މާސް މާޓް" ފިހާރަ ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ފިހާރައަށް ވަދެފައިވަނީ ފިހާރައިގެ މައިދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ކަމަށާއި ފިހާރައިން ގެއްލިފައިވާ ކަމަށް ވެރިފަރާތުން ބުނެފައި ވަނީ ގިނަ އަދަދެއްގެ ފައިސާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކިހާ ފައިސާ އެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު، ފިހާރަ ފަޅާލި ކަމަށް ބޮޑަށް ބެލެވެނީ އެހެން ރަށެއްގެ ބައެއް ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު