ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއު ކުރިއަށް

ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއަށް ބޭނުންވާ ޓްރެންޗް ބޮލްކް ކާސްޓްކުރުމުގެ މަސައްކަތާއި، ރިއިންފޯސްމަންޓް މަސައްކަތާއި ކެރެޖްވޭ ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއިން ބުނީ ތިލަފުށި ހާބާރު ރީހެބިލިޓޭޝަން މަސައްކަތަކީ ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަޙައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި އެޑްމިނިސްޓްރޭޝަން ބިލްޑިންގް އެޅުމާއި ވޯކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ގާއިމުކުރުމުގެ އިތުރުން ރިސައިކްލިންގް ޔާޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގް ވޯކްޝޮޕެއް ހެދުމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 135.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ފެބްރުއަރީ 2020 ގައެވެ.

comment ކޮމެންޓް