ފަތުރުވެރިންނާއެކު މަންޓާ އިން ބ އަދި ދ އަތޮޅަށް

މަންޓާ އެއާގެ ސީޕްލޭން އެއް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ 110 ދުވަސް ފަހުން، މިއަދު ބޯޑަރު ހުޅުވާލުމާއެކު އައި ފަތުރުވެރިންގެ ތެރެއިން ބ އަދި ދ އަތޮޅަށް ދާ ފަތުރުވެރިންނާއެކު މަންޓާ އެއާ އިން އެ އެއާލައިނުގެ ފުރަތަމަ ޕޯސްޓް ލޮކްޑައުން ޓޫރިސްޓު ފްލައިޓު ބާއްވައިފި އެވެ.

މަންޓާ އިން ބުނީ ފަތުރުވެރިންނަށް ހިދުމަތް ދޭން އަނެއްކާވެސް ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. ކުރިން ދިވް މަތީ ފެންވަރުގެ ހިދުމަތް މިހާރުވެސް ދިނުމަކީ އެ އެއާލައިނުގެ އަމާޒު ކަމަށް މަންޓާ އިން ބުންޏެވެ.

އެ އެއާލައިނުން ބުނީ ނިއު ނޯމަލްގައި ފަތުރުވެރިންނާއެކު ދަތުރުތައް ފަށާއިރު އެއާލައިނުގެ ސޭފްޓީ ސްޓޭންޑާޑުވެސް ނިއުނޯމަލްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭއިރު ހުންނަންޖެހޭނެ ސްޓޭންޑާޑު ފުރިހަމަވާނެ ކަމަށެވެ. އެންމެ މުހިއްމު އިސްކަމެއް ދެނީ އަމާން ރައްކާތެރި ހިތްހަމަ ޖެހޭ ހިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އިން ބުނީ ޓޫރިސްޓު ފްލައިޓުތައް ފެށިނަމަވެސް، އޮން ޑިމާންޑް ޗާޓާތައއް އެ އެއާލައިނުގެ ސީޕްލޭން އަދި އޭޓީއާރު ފްލައިޓުތަކުގައިވެސް ކުރާނެ ކަމަށެވެ. ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންނަށްވެސް ސީޕްލޭން ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އިން ވަނީ ކޮވިޑްގެ ހާލަތުގައިވެސް މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ތިބި ދިވެހިން ރަށަށް ގެންދިޔުމަށް ސީޕްލޭން ދަތުރުތައް ބާއްވައިފައެވެ.

comment ކޮމެންޓް