ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާ އުޅަނދުތައް ޓޯވކުރަން ފަށަނީ

އަންނަ މަހުން ފެށިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ޓޯވކުރަން ފަށަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ އެކި ސަރައްހައްދުތަކުގައި، ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްވަންދެން ބަހައްޓާފައިހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ނެގުމުގެ މަަސައްކަތް އަންނަ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހުނީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ހުޅުމާލެ ޕޮލިސް އާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެހެންކަމުން ގަވާއިދާ ހިލާފަށް ހުުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް