މަރަދޫ ބަނދަރު ބްރޭކްވޯޓާގެ 92 ޕަސެންޓް މަސައްކަތް ނިމިއްޖެ

މަރަދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެމްޓީސީސީ

ސ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓާ ހެދުމުގެ މަޝްރޫއުގެ 92 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބްރޭކްވޯޓާ ހެދުމުގެ މަސައްކަތުގެ 65 ޕަސެންޓް ނިންމައި ބަނދަރު ސަރަހައްދުގައި 1،975 އަކަމީޓަރުގެ ޕޭވްމެންޓެއް ގާއިމްކުރުމުގެ މަސައްކަތްވަނީ ނިމިފަ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެރަށުގެ އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ

މި މަޝްރޫއުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ކީ ވޯލްލުމާއި 340 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓާ ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 03 ނޮވެމްބަރ 2019ގަ އެވެ.

comment ކޮމެންޓް