މާފުށީގައި ހިންގި ގްރޫޕް މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

ކ. މާފުށި: އެ ރަށުގައި ރޭ ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި - ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ދެ މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އެ މައްސަލަ ފުލުހުން އަންނަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން ދެ ގްރޫޕެއްގެ ދެމެދުގައި ޒުވާބުތަކެއް ކުރުމަށްފަހު ދެ ފަރާތުން އަރައިގަނަ ހަމަނުޖެހުން ހިންގާ މަންޒަރު ފެނެއެވެ.

comment ކޮމެންޓް