ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޯގަސްޓް 7 އަށް އިތުރުކޮށްފި

-- ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 12 ގައެވެ. އެއް މަހުގެ މުއްދަތަށް އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުު އެކި ފަހަރުމަތިން އިތުރު ކޮށްފައިވާއިރު، އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ މިދިޔަ މަހު 29ގައެވެ.

އެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.

ދަރުބާރުގޭ، އެޗްއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ނަޒްްލާ ރަފީގު ވިދާޅުވީ، ސިއްހީ ކުއްލި ނުކުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަތް ވަނަ ދުވަހަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓާ ޖެނެރްއަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން މިހާތަނަށް ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައި، ބައެއް ފިޔަވަޅުތަކަށް ލުއިތަކެއްވެސް ދީފައެވެ.

comment ކޮމެންޓް